logo
މެރިން އެކްސްޕޯ 2026 ގައި އެލައިޑް އިންޝިއުރެންސްގެ ސްޓޯލް / ފޮޓޯ: އެލައިޑް އިންޝިއުރަންސް

މެރިން އެކްސްޕޯ 2026 ގައި އެލައިޑް އިންޝިއުރެންސްގެ ސްޓޯލް / ފޮޓޯ: އެލައިޑް އިންޝިއުރަންސް

މެރިން އެކްސްޕޯގެ އޮފިޝަލް އިންސިއުރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝިއުރެންސް

profile

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 11:45

މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންސިއުރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝިއުރަންސް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

އެލައިޑުން ބުނީ އެ ކުންފުނީގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯގައި ވެސް އެލައިޑުން ވަނީ މެރިން ހަލް ޕްރޮމޯޝަނަކާއި ކަނޑުދަތުރުފަތުރު ކުރުމާއި ބެހޭ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު އެބޭފުޅުންނަށްހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކައް އަންގައިދިނުން ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތުވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެންޚާއްޞަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކުރެވިފައެވެ.

މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.
މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައިކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
މިފަދަ އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay