logo
ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން,, ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުން,, ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް!

profile

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 10:38

ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، އާސިމީމަންޒިލް، އުމުރުން 32 އަހަރުގެ އަޙްމަދު އަފާފު ޢާރިފް އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ލާލުގެ، އުމުރުން 37 އަހަރުގެ އަޙްމަދު ވިޝާން ކަމަށެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީގައި ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދެ މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދައި، ޒުވާން ޖީލު ހަލާކުކުރަމުންދާ އެންމެ ބޮޑު އެއް ނުރައްކަލަށް ވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ. ވަކިން ޚާއްޞަކޮށް ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިސްކަންދެއްވައި، މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ފުވައްމުލަކުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319