
ޑިޖިޓަލް ހެއްކާއި އޯޕަން ސޯސް އިންޓެލިޖެންސްއާ ގުޅޭ ސަރަހައްދީ މަސައްކަތު ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވި ރަސްމިއްޔާތުގެ ތެރެއިން،، ފޮޓޯ: ފުލުހުން
އޯޕަން ސޯސް އިންޓެލިޖެންސްގެ މަސައްކަތު ބައްދަލުވުމެއްގައި ފުލުހުން ބައިވެރިވެއްޖެ

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 11:51
މީހުން ޓްރެފިކްކުރުމާއި ގަވާއިދާ ޚިލާފަށް މީހުން އެތެރެކުރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައި ޑިޖިޓަލް ހެއްކާއި އޯޕަން ސޯސް އިންޓެލިޖެންސް (އޮސިންޓް) ބޭނުންކުރުމާ ގުޅޭގޮތުން ބޭއްވި ސަރަހައްދީ މަސައްކަތު ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 27 އިން 29 އަށް، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަފީޤް، ސީނިއަރ ސާޖަންޓް ޢަބްދުﷲ ޙަމްދޫން އަދި ސާޖަންޓް އަޙްމަދު ޝާންއެވެ.
މި މަސައްކަތު ބައްދަލުވުމަކީ މީހުން ޓްރެފިކްކުރުމާއި ޤަވާޢިދާ ޚިލާފަށް މީހުން އެތެރެކުރުން ފަދަ ފުޅާ ދާއިރާއެއްގައި ހިންގާ ނުރައްކާތެރި ކުށްތައް ތަހުގީގުކޮށް، ޝަރީއަތަށް މައްސަލަތައް ހުށަހެޅުމުގައި ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެގޮތުން، ޒަމާނީ ސައިބަރ އުކުޅުތަކާއި، އިލެކްޓްރޯނިކް ހެކި އަދި އޯޕަން ސޯސް އިންޓެލިޖެންސްގެ ޒަރީއާއިން މައުލޫމާތާއި ހެކި އެއްކޮށް، އެ ތަކެތި ފުރިހަމައަށް ތަހުލީލުކުރުމުގެ ހުނަރު ތަހުގީގުކުރާ ފަރާތްތަކާއި ޕްރޮސެކިއުޓަރުންގެ މެދުގައި އިތުރަށް ހަރުދަނާކުރުމަށް މި ތަމްރީނުގައި މުހިންމު މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ޒުވާނަކު ހައްޔަރުކޮށްފި
8 މިނިޓު ކުރިން

މާފުށްޓަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިއަކު، އެ ރަށުގެ މިސްކިތްތައް މަރާމާތުކުމަށް ފައިސާގެ އެހީ ދީފި
ގަޑިއިރެއް ކުރިން

"ވަރަ އެކްސްޕޯ 2026" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިޒޯޓްސް ހަމަޖައްސައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


