
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އާއި ސަން ސިޔާމް ރިޒޯޓްސްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން،، ފޮޓޯ: މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ
"ވަރަ އެކްސްޕޯ 2026" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިޒޯޓްސް ހަމަޖައްސައިފި

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 11:49
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ސަން ސިޔާމް ރިޒޯޓްސްއާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް "ވަރަ އެކްސްޕޯ 2026" ގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ސަން ސިޔާމް ރިޒޯޓްސް ވަނީ ހަމަޖައްސައިފައެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. ނަޒީރެވެ. އަދި ސަން ސިޔާމް ރިޒޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ގްރޫޕް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޒުލައިޚާ މަނިކެވެ.
މި އެއްބަސްވުމަކީ، މި އަހަރުގެ ނޮވެމްބަރު މަހުގެ 26 އިން 28 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ޤައުމީ ހުނަރާއި ވަޒީފާގެ މައުރަޒު، "ވަރަ އެކްސްޕޯ 2026" ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންގެ މެދުގައި މަސައްކަތުގެ ހުނަރު އިތުރުކޮށް، އެކި ދާއިރާތަކުން ފަހި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.
"ވަރަ އެކްސްޕޯ" އަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުވުމަށް ސަރުކާރުން ފަށާފައިވާ މުހިންމު އިސްނެގުމެކެވެ. މީގެ އިތުރުން، މި އެކްސްޕޯގެ ސަބަބުން ތަފާތު ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދީ، ކެރިއަރ ގައިޑެންސް ދިނުމާއި، މަތީ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެއް ކަމަށްވާ ސަން ސިޔާމް ރިޒޯޓްސް ފަދަ ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ކުރިއަށްދާ މި ޕާޓްނަރޝިޕްގެ ސަބަބުން، ޓޫރިޒަމް ދާއިރާގައި ހުރި ގިނަގުނަ ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުޤުވެރިކުރުވުމަށާއި، ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ޒުވާނަކު ހައްޔަރުކޮށްފި
13 މިނިޓު ކުރިން

އޯޕަން ސޯސް އިންޓެލިޖެންސްގެ މަސައްކަތު ބައްދަލުވުމެއްގައި ފުލުހުން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

މާފުށްޓަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިއަކު، އެ ރަށުގެ މިސްކިތްތައް މަރާމާތުކުމަށް ފައިސާގެ އެހީ ދީފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


