
ކ. މާފުށްޓަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިޔާ އާއި އެރަށު ކައުންސިލް މެންބަރުން،، ފޮޓޯ: މާފުށީ ކައުންސިލް
މާފުށްޓަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިއަކު، އެ ރަށުގެ މިސްކިތްތައް މަރާމާތުކުމަށް ފައިސާގެ އެހީ ދީފި

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 11:50
ލޯކަލް ޓޫރިޒަމްގެ އެންމެ މަޤްބޫލު އެއް މަންޒިލް ކަމަށްވާ ކ. މާފުށްޓަށް ޒިޔާރަތްކުރި ބޭރުގެ ފަތުރުވެރިއަކު، އެ ރަށުގެ މިސްކިތްތައް މަރާމާތުކޮށް ތަރައްޤީ ކުރުމަށްޓަކައި އަގުހުރި މާލީ އެހީތެރިކަމެއް ދީފިއެވެ.
މާފުށީ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ތުރުކީވިލާތުގެ ރައްޔިތެއް ކަމަށްވާ ފުންދާ އޮޒްކުޗޫ (ފުންޑާ އޮޒްކޫޗޫ) އެވެ. އޭނާ ވަނީ މިސްކިތްތަކަށް ވެދެއްވި މާލީ އެހީ ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކޮށްފައެވެ.

ކައުންސިލުން ބުނީ، ފުންދާގެ މި އެހީއަކީ މާފުށީގެ މިސްކިތްތަކުގެ ތަރައްޤީއަށާއި، މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ވެދެއްވި ވަރަށް އަގުހުރި އަދި މުހިންމު އެހީއެއް ކަމަށެވެ. އަދި މިއީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން މިފަދަ ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ލިބިގެންދިޔަ ވަރަށް ތަފާތު، ނަމޫނާ އެހީތެރިކަމެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
މިސްކިތްތަކުގެ ލާބަޔާއި މަންފާއަށްޓަކައި އަދި މުޅި މާފުށީގެ ރައްޔިތުންނަށްޓަކައި ތުރުކީގެ ފަތުރުވެރިޔާ ފުންދާ އޮޒްކުޗޫ ވެދެއްވި މި ދީލަތި އެހީތެރިކަން ފާހަގަކޮށް، މާފުށީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި އޭނާއަށް ވަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
މާފުށްޓަކީ ގިނަ ޢަދަދަކަށް ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށް ވާއިރު، މުސްލިމް ފަތުރުވެރިއެއްގެ ފަރާތުން ﷲ ގެ ގެކޮޅުތައް ޒީނަތްތެރިކޮށް ބެލެހެއްޓުމަށް މިފަދަ އެހީއެއް ލިބިގެންދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ޒުވާނަކު ހައްޔަރުކޮށްފި
8 މިނިޓު ކުރިން

އޯޕަން ސޯސް އިންޓެލިޖެންސްގެ މަސައްކަތު ބައްދަލުވުމެއްގައި ފުލުހުން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

"ވަރަ އެކްސްޕޯ 2026" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިޒޯޓްސް ހަމަޖައްސައިފި
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
2 ގަޑިއިރު ކުރިން


