logo

މާހެފުމަކީ ބިދުއައެއް ނޫން: އިސްލާމިކް މިނިސްޓަރ

profile

ޝުރުފާ މުހައްމަދު - 21 ފެބްރުއަރީ 2025 - 10:00

ރަމަޟާން މަހާ ގާތްކޮށް ދިވެހިންގެ ސަގާފަތުގެ ތެރެއިން ބާއްވަމުން އަންނަ މާހެފުމަކީ ދީނީ ގޮތުން ބިދުއައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ކޮންމެ އަހޖަރަކު ވެސް ރަމަޟާން މަހާ ގާތްކޮށް، އާއިލާތަކާއި ގާތް ތިމާގެ މީހުން އެއްކޮށް މާހެފުންތައް ބާއްވަ އެވެ. އަދި އަބަދުވެސް މިކަމާ ދީނާ ގުޅުވައި ސުވާލު އުފައްދާ މީހުން އުޅެ އެވެ.

އެކަން ސާފުކޮށްދީ އިސްލާމިކް މިނިސްޓަރ މިއަދު ވިދާޅުވީ މާހުފުމަކީ ރާއްޖޭގައި މާ ކުރިން ފަށައިގެން ސަގާފީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ. އެއީ އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫންވީމާ އެއީ ބިދުއައެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މާހެފުން ހަފްލާތަކުގެ ތެރެއިން ޝަރުއީ ގޮތުން މަނާކަމެއް ނުހިނގގާ ނަމަ އެއީ، ޖާޒިއު ކަމެއް ކަމަށެވެ. ހަމަ އެގޮތަށް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ވެސް ރީތި އާދައެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން ކަމަށެވެ. އަދި ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އާންމު ގޮތެއްގައި މުޖުތަމައުގައި މާހެފުންތައް ބާއްވަނީ ރަމަޟާން މަހާ ގާތްކޮށް އަންނަ ދެތިން ހަފްތާ ތެރޭގަ އެވެ. އެގޮތުން އާއިލާތަކާއި ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ އިތުރަށް އޮފީސްތަކާއި އަވަށްޓެރިންގެ މެދުގައި ވެސް މި މާހެފުންތައް ބާއްވަ އެވެ. މާހެފުމުގެ ގޮތުގައި ދިވެހި އެކި ކަހަލަ ކެއުންތައް ތައްޔާރުކޮށް އެންމެ އެކީ ކައިބޮއެ ހަދަ އެވެ. އަދި މީގެ މައިގަނޑު މަގްސަދަކީ އެންމެން އެކީ ވަގުތު ހޭދަކޮށްލާ ރަމަޟާން މަހަށް ތައްޔާރުވެލުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay