logo

އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިންމަނީ

profile

ޒިދާން މުޙައްމަދު - 22 އޮކްޓޯބަރު 2025 - 11:28

އިސްލާމީ ދާއިރާތަކުގެ 15 މަޝްރޫއެއް އަންނަ ރޯދަމަހުގެ ކުރިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހުރިހާ މަޝްރޫއެއް ވެސް ނިންމަން ސަރުކާރުން އަންނަނީ ވަރަށް ބުރަކޮށް މަަސަައްކަތް ކުރަމުން ކަމަށެވެ. އިސްލާމީ ދާއިރާގެ މަޝްރޫއުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ކަމަށް އެމަނިކުފާނުއެވެ.

އޭގެ ތެރޭގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނެއެވެ.

މިގޮތުން ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކަށް، މަޝްރޫއުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ކުރިން، ބޮޑު 15 މަޝްރޫއެއް އިސްލާމީ ދާއިރާގެ ނިމިގެންދާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް މިނިސްޓަރު ދެއްވިއެވެ.

އޭގެ ތެރޭގައި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެއީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ގާއިމްކުރަން ރައީސް އިއުލާނުކުރައްވާފައިވާ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގުރުއާނުގެ އިލްމު ކިޔަވައިދޭން ގާބިލު ޓީޗަރުން ނެތް ރަށްރަށަށް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުން ޓީޗަރުން ވެސް ގެންނާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay