logo

ވެނެޒުއޭލާގެ ކުރީގެ ރައީސް އެމެރިކާ ޖަލުގައި ހުންނަ ފޮޓޯތަކެއް އާންމު ވެއްޖެ!

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 07:14

އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ޣައިރުޤާނޫނީ އޮޕަރޭޝަނެއްގައި ރަހީނުކޮށްގެން ގެންދިޔަ ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް ޢާންމުކޮށްފިއެވެ.

https://wamco.com.mv/

ގަދަ ބާރުން އެމެރިކާގެ އަސްކަރިއްޔާއިން މަދޫރޯ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުގަ އެވެ.

މަދޫރޯ ހައްޔަރުކުރި އިރު އެމަނިކުފާނު ހުންނެވީ ވެނެޒުއޭލާގެ ވެރިރަށް ކަރާ ކަސްގަ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިޔާ ފްލޮރޭސް ބަންދުކޮށްފައި ތިބީ ނިއު ޔޯކުގެ ބްރުކްލިންގެ ޖަލެއްގައެވެ.

އެހެން ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރަކާރުން އުފުލާފައިވާ ތުހުމަތުތަކަށް އެ ދެކަނބަލުން އިންކާރު ކުރައްވައެވެ.

މަދޫރޯގެ ފޮޓޯތަކެއް މީސް މީޑިޔާގެ އެކި މަންސަ ތަކުގައި ދައުރުވެފައި ވަނީ އެމެރިކާގެ ޖަލުގައި ބަންދުކޮށްފައި ހުންނަވަނިކޮށެވެ. މިއީ އަދި ފުރަތަމަ ފަހަރަށް އެބޭފުޅާ ބަންދުކޮށްފައި ހުއްޓައި ފޮޓޯ ދައުރުވި ފުރަތަމަ ފަހަރު އެވެ.

ފޮޓޯތަކާއެކު މީސްޑިއާ މަންސަ އެކްސް އަދި މުއާޞަލާތީ މަންސަ ޓެލެގްރާމްގައި ޝާއިޢު ކުރެއްވި މެސެޖުގައި މަދޫރޯ ވިދާޅުވީ، މިއީ އޭނާގެ ކާފަދަރިކަލުންނާއި، ވެނެޒުއެލާގެ ކުޑަކުދިންނާއި، އެ ދެކަނބަލުން ދެކެ ލޯބިވާ ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމުގައެވެ.

އަދި، ސާބިތުކަމާއި، މަޑުމަތިރިކަމާއި ހިތްވަރާއެކު ދެމިތިބޭނެ ކަމުގެ ޔަގީން ކަން މަދޫރޯ އެރުވިއެވެ. މީގެ އިތުރުން، ވެނެޒުއެލާ އަލުން އާރާސްތުކުރެވޭނެ ކަމުގެ ޔަގީން ކަން އޮތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނިއު ޔޯކްގެ ޖަލުގައި ހުންނެވި މަދޫރޯއަށް އިންޓަރނެޓު ބޭނުން ކުރުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. ނަމަވެސް، އޭނާގެ ޢާއިލާގެ މެންބަރުންނާއި ވަކީލުންނާއި ފޯނުން ގުޅުއްވައި ވާހަކަދެއްކެވުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ، މަހެއްގެ މައްޗަށް 300 މިނެޓުގެ ވަގުތެވެ.

އަދި، އެންމެ ދިގުވެގެން ކުރެވެނީ 15 މިނެޓުގެ ފޯނު ކޯލު ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ. މަދޫރޯ ޢާންމު ކުރައްވާފައިވާ ފޮޓޯތަކުގެ ޞައްޙަކަން އެމެރިކާގެ ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މަދޫރޯއާއި ފްލޮރޭސްގެ ސަރިޔަށް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

https://wamco.com.mv/
tel:+9607331319