logo

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގެންފި

profile

ރިޟްވާން މޫސާ - 15 އޯގަސްޓު 2026 - 05:13

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އުތީމަށް ވަޑައިގެންފި އެވެ.

https://wamco.com.mv/

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުތީމަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގަ އެވެ.

ރައީސުްގެ ދެ ކަނބަލުންނަށް އުތީމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ހުޅުވާދެއްވާނެއެވެ. އަދި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައުވެސް ރައީސް ހުޅުވާދެއްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބައްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށެވެ.

https://wamco.com.mv/
tel:+9607331319