.avif&w=3840&q=75)
ބަނގުލަދޭޝްގެ އައު ރައީސް ހުވައި ކުރައްވައިފި!

ރިޟްވާން މޫސާ - 22 އޯގަސްޓު 2026 - 07:47
ބަންގްލަދޭޝްގެ 23 ވަނަ ރައީސްގެ މަގާމަށް ފަޚްރުލް އިސްލާމް އާލަމްގީރް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 78 އަހަރުގެ އާލަމްގީރް މި މަޤާމަށް އިންތިޚާބުވެވަޑައިގަތީ ބުރާސްފަތި ދުވަހު ޤާނޫނުހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ 255 ވޯޓު ހޯއްދަވައިގެންނެވެ.
އޭނާއާ ވާދަކުރެއްވި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ޖަމާއަތު އިސްލާމީ އިސްވެ އުފައްދާފައިވާ 11 ޕާޓީގެ އިދިކޮޅު އިއްތިޙާދުގެ ކެންޑިޑޭޓް، ރިޓަޔަރޑް ކާނަލް އޮލީ އަޙްމަދު އަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ނަމަވެސް، އެއީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޒިންމާ އަދާކުރައްވާނީ ރައީސެވެ.
އާލަމްގީރް ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ، ޑާކާ ޔުނިވަރސިޓީގައި އިޤްތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އެގޮތުން 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ހިންގި ޙަރަކާތުގައި ދަރިވަރުންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ބީއެންޕީއާ ގުޅިވަޑައިގަތީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ
ގުޅުން ހުރި ޙަބަރުތައް

ހުރިހާވެސް މައްސަލައަކީ ލާމަރުކަޒީ ނިޒާމެއްނެތި މާލެއިން ހުރިހާ ކަމެއް ކުރަން އުޅުން: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން

ބައްޔެއްގެ ނަން ބޭނުންކުރުން މަނާކުރިޔަސް އެ ބަލި ފަސޭހައެއް ނުވާނެ: ރައީސް ޔާމީން
4 ގަޑިއިރު ކުރިން

ރައީސް، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި
9 ގަޑިއިރު ކުރިން

ހޯމްވޯކް ނުހެދިކަމަށް ބުނެ ޓީޗަރު އަނިޔާކުރުމުން ދަރިވަރަކު މަރުވެއްޖެ!
11 ގަޑިއިރު ކުރިން


