logo

ޔޫކްރެއިންގެ ދެ އިދާރާއެއްގެ ދެމެދުގައި މަސްލަހަތު ހޫނުވެ ހަމަލާ ބަދަލުކުރަން ފަށައިފި

profile

ރިޟްވާން މޫސާ - 04 ސެޕްޓެމްބަރު 2026 - 14:10

ޔުކްރެއިންގެ ސަލާމަތީ ބާރުގައި ހިމެނޭ ދެ އިދާރާއެއްގެ ދެމެދުގައި އުފެދުނު ދެބަސްވުމެއް ބޮޑުވެ، ވެރިރަށް ކީވްގައި މި ހަފުތާގައި ބަދަލުކުރި ބަޑީގެ ހަމަލާތަކެއް ތަޙުޤީޤުކުރަމުންދާ ކަން އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

ޔޫކްރެއިންގެ ސަލާމަތީ ބާރުގައި ހިމެނޭ ދެ އިދާރާއެއްގެ މެދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައި މި ވަނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.

މި ހާދިސާގައި ތިން މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމް ވެގެން ފަރުވާދީފަ އެވެ.

މި ހާދިސާ އާޢި ގުޅޭގޮތުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، މި ކުރިމަތިލުން ހިނގަން މެދުވެރިވި ސަބަބު ތަޙުޤީޤުގެ ތެރެއިން ދެނެގަނެވޭނެ ކަމުގައެވެ.

މި މައްސަލަ އުފެދުނީ، ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭ ރަޝިއާގެ އެކްޓިވިސްޓަކު ނުވަ ދުވަހަށް ގެއްލުނު ހާދިސާއަކާ ގުޅިގެންނެވެ. ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޢަމަލީ ގޮތުން ބައިވެރިވާ އެ އެކްޓިވިސްޓް ބުނީ، އޭނާ ހައްޔަރުކޮށް، ރަޝިއާގެ ޖާސޫސީ އިދާރާއަށް ސިއްރިޔާތުގައި މަޢުލޫމާތު ޙިއްޞާކޮށްފައިވާނެ ކަމަށް އެއްބަސްވެ، އެސްބީޔޫ ސެކިޔުރިޓީ ސަރވިސްއިން އޭނާއަށް މަޖުބޫރު ކުރުވި ކަމުގައެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެ ބަޔާން އަނބުރާ ގެންގޮސްފައެވެ.

މި ހަމަލާތައް ބަދަލުކުރީ، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ފަހު އެސްބީޔޫ އޮފިސަރުންނާއި އެޗްޔޫއާރްގެ ސިފައިންނާ ދެމެދު ފެށުނު ކުރިމަތިލުމެއްގެ ތެރެއިން ބަޑިން ހަމަލާދިނުމުގެ ސަބަބުންނެވެ. އެސްބީޔޫއިން ބުނީ، މި އޮޕަރޭޝަނަކީ ރަޝިއާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭ ރަޝިއާގެ އެކްޓިވިސްޓުން މަރައިލުމަށް ރަޝިއާ ސަރުކާރުން ރާވަމުންދާ ރޭވުންތައް ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.

ޒެލެންސްކީ ވިދާޅުވީ، މި ފަދަ މައްސަލަތަކުގެ ހަޤީޤަތް ހާމަކުރުމާއި މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ. އަދި، އެތެރޭގެ ތަޙުޤީޤުގެ ނަތީޖާއަށް ބަލައި ދެ އިދާރާގެ ވެރިންގެ ފެންވަރު ވަޒަންކުރާނެ ކަމަށާއި، ދެ ފަރާތް ވެސް ޒިންމާދާރު ކުރުވުމަކީ އިންޞާފުވެރި ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މި ހާދިސާއާ ގުޅިގެން ދެ އިދާރާއަށް ނިސްބަތްވާ ދެ މީހަކަށް ތުހުމަތުގެ ނޯޓިސް ފޮނުވާފައިވާ ކަމުގައި ޔޫކްރެއިންގެ ކަމާގުޅޭ އިދާރާތަކުން ބުނެއެވެ. އަދި، އެސްބީޔޫގެ ދައުލަތުގެ ސިއްރުތައް ބަލަހައްޓާ އިދާރާގެ އިސްވެރިޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ އޮލެހް ޚްރާމޮވް، މަޤާމުން ވަކިކުރުމަށް ޒެލެންސްކީ ނިންމަވާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

https://wamco.com.mv/
tel:+9607331319