logo

އަނިޔާވެރިން ޖަވާބުދާރީ ކުރުވައި، އަނިޔާވެރިކަމަށް އަވަސް ނިމުމެއް ގެންނަންޖެހޭ: މިނިސްޓަރު ހަލީލް

profile

އައިޝަތު އިނާޝާ - 08 ޑިސެމްބަރު 2025 - 09:57

ޢަދުލު އިންސާފު ޤާއިމުކުރުމުގައި އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ކަމަކީ އަދުލު އިންސާފު ގާއިމްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ކުރާ މަސައްކަތްތައް މިންކުރެވިގެންދާނެ ކަމެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ވަޒީރު މިފަދައިން ވިދާޅުވީ ދޯހާ ފޯރަމް ގެ 23 ވަނަ އެޑިޝަންގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ބައިވެރިވެވަޑައިގެން ދެއްކެވިވާހަކަފުޅުގައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޤަޠަރުގެ ވެރިރަށް ޠޯހާގައި މިހާރު ހިނގަމުންދާ ދޯހާ ފޯރަމްގެ އެޖެންޑާގެ ތެރެއިން "އަޕްހޯލްޑިންގ އިންޓަރނޭޝަނަލް ޖަސްޓިސް ސިސްޓަމްސް އެންޑް ދަ ރޫލް އޮފް ލޯ" ގެ ނަމުގައި ބޭއްވުނު ހައި-ލެވަލް މިނިސްޓީރިއަލް ރައުންޑޭބަލްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރައުންޑޭބަލް ސެޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޑރ. ޚަލީލް ވަނީ ޑިޕްލޮމަސީގެ ރިވެތި އުޞޫލު ކުރިއަރުވައި، ޤާނޫނީ ވެރިކަން ނެގެހެއްޓުމާއި، އަދި ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ދިވެހިރާއްޖޭން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމަށާއި، އަދި ޢަދުލު އިންސާފު ޤާއިމް ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ހަމަހަމަކަމާއެކު، ވަކި ފަރާތަކަށްބުރަނުވެ އިތުބާރާއި، ޖަވާބުދާރީކުރުވުން ބައިނަލްއަޤްވާމީ ފެންވަރުގައި ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، ޢަދުލު އިންސާފު ޤާއިމުކުރުމުގައި އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ކަމަކީ އަދުލު އިންސާފު ގާއިމްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ކުރާ މަސައްކަތްތައް މިންކުރެވިގެންދާނެ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އަނިޔާވެރިން ޖަވާބުދާރީ ކުރުވުމުގެ އިތުރުން އަނިޔާވެރިކަމަށް އަވަސް ނިމުމެއް ގެނައުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރ ވަނީ ތަކުރާރުކުރައްވާފައެވެ. މިނިސްޓަރ ޚަލީލްގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ޢަދުލުވެރި އިންސާފަށް މަގުދައްކައިދޭ ވަޞީލަތަކަށް ވާން ޖެހޭކަމަށާއި މިގޮތުން ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ފަލަސްތީނު ރައްޔިތުންނަށް ޢަދުލު އިންސާފު ލިބުން ލަސްވުމަކީ ޢަދުލު އިންސާފު ނުލިބުން ކަމުގައި އެ މަނިކުފާނު ސިފަކުރައްވާފައިވެއެވެ. އަދި ބައިނަލްއަގުވާމީ ޢަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ނެގެހެއްޓޭނީވެސް ފަލަސްތީނުގެ މައްސަލައަށް ޢަދުލުވެރި، ސުލްޙަވެރި ހައްލެއް އަތުވެގެން ކަމަށް މިނިސްޓަރ ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ޤައުމުތަކުގެ ވަޒީރުން، އިސް އޮފިޝަލުން އަދި ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކުރައްވައި، ސުލްޙަވެރިކަމާއި، ޖަވާބުދާރީ ކުރުވުމާއި، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި، ޤަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި މުޙައްމަދު ދީދީ ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ މަރިޔަމް މިދުފާ ނަޢީމް އަދި ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙުސީން ބައިވެރިވެވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay