
ފޭސް 2 ގައި ވަގުތީ މާރުކޭޓެއް އެޗްޑީސީ އިން ގާއިމްކުރަނީ

މުޙައްމަދު ފަޟްލޫން - 12 ޖެނުއަރީ 2026 - 10:56
ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގުތީ މާރުކޭޓެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޖުމްލަ 24 ގޮޅި ހިމެނޭ ގޮތަށް ތަރައްގީކުރާ މި މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ބިމުގައެވެ.
ވަގުތީ މާރުކޭޓްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެޗްޑީސީ އިން ބުނެއެވެ.
ވަގުތީ މާރުކޭޓުގެ އިމާރާތް ނިމުނުހާ އަވަހަކަށް، ކަނޑައެޅިފައިވާ އާއްމު އުސޫލުގެ ދަށުން ގޮޅިތައް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ގުޅުންހުރި ހިދުމަތްތައް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދަނީ ގިނަގުނަ މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފޯޅަވައްސާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެ: ރިފޯމް ޕާޓީ ލީޑަރ ނިގެލް
6 ގަޑިއިރު ކުރިން

ފުލުހުންގެ މުއައްސަސާއަށް ނަވީންކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި
6 ގަޑިއިރު ކުރިން

އެންސްޕާއިން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް ހުސްވި މަހު 15 މިލިއަން ހަރަދުކޮށްފި
10 ގަޑިއިރު ކުރިން

ކުވެއިތު ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)