logo

ބޯކޮށް ވާރޭވެހި ނުވަ ރަށެއްގައި ފެންބޮޑުވި ކަމަށް ރިޕޯޓުކުރި: އެންޑީއެމްއޭ

profile

ޒިދާން މުޙައްމަދު - 12 އޯގަސްޓު 2024 - 22:33

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ، މިއަދު ހަވީރު 6:00 އާ ހަމައަށް ނުވަ ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓުކުރި ކަމަށެވެ. ނަމަވެސްމ އެއްވެސް އާއިލާއެއް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްރަށަކީ ސ.މަރަދު، ސ.ފޭދޫ، ސ.ހިތަދޫ، ގއ.ދެއްވަދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ.ބާރަށް އަދި ހއ.ދިއްދޫއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅުތަަކަށް މޫސުން ވަރަށް ގޯސްކަން ފާހަގަކޮށްލެވެއެވެ.

ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރު އަތޮޅުތަކަށް އޮރެންޖް އެލާޓް ވެސް މެޓް އޮފީހުން ވަނީ ނެރެފައިވެއެވެ.

މެޓް އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި މޫސުން ރަނގަޅުވުމުން ގްރީން އެލާޓުގެ ގޮތުގައެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.

މި ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މިދިޔަ ހަފުތާގައި ލަފާކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319