logo

މޫސުން ގޯސްވެ، ސަމާލުވުމަށް އިލްތިމާސްކޮށްފި

profile

ޒިދާން މުޙައްމަދު - 26 ސެޕްޓެމްބަރު 2024 - 14:19

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

ހުޅަނގުމޫސުމުގެ ބާރުގަދަވަމުން އަންނާތީ ރާއްޖޭގެ އެކި ހިސާނުތަކަށް ވިއްސާރަކޮށް، ވަޔާއި ކަނޑު ގަދަވާން ފަށާފައިވާތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.

ބުދަ ދުވަހުގެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ނެރުނު ހުދު ސަމާލު ވެސް އެ އިދާރާއިން ވަނީ ދަންމާލައިފައެވެ.

މިއީ އެ ސަމާލު ދަންމާލި ހަ ވަނަ ފަހަރެވެ. ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

ސަމާލުގައި ބުނީ އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދެއެވެ.

ވިއްސާރަމޫސުން ނުވަތަ ހުޅަނގުމޫސުން ދެމިގެންދާނީ ނޮވެމްބަރުމަހުގެ ނިޔަލަށެވެ.


https://int.etukuri.mv/
tel:+9607331319