logo

މޫސުން ލަފާކުރެވޭ ގޮތް: ކުރިއަށްއޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ

profile

ޒިދާން މުޙައްމަދު - 10 އޮކްޓޯބަރު 2024 - 13:06

މާލެއަށް ވިއްސާރަ ކުރަނީ

މާލެއަށް ވިއްސާރަ ކުރަނީ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 72 ގަޑިއިރުވެސް ރާއްޖޭގެ އެކި ރަށްރަށަށް ކެރީގެ އަސަރުކުރުމާއި ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ހާއްސަކޮށް ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު ބައެއް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަމަށެވެ. ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށް ބުނެެއެވެ.

މެޓުން ބުނި ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ. ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ރީނދޫ ސަމާލު އަދި ދެކުނަށް ހުދު ސަމާލު ވަނީ ނެރެފައެވެ.

https://wamco.com.mv/
tel:+9607331319