logo

ބޯ ވާރެއާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

profile

އައިޝަތު އިނާޝާ - 19 ނޮވެމްބަރު 2024 - 18:00

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮލުން ފެށިގެން ލ. އަތޮޅަށް މިއަދުގެ 14:00 އިން 20:00 އަށެވެ.

މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

އާދައިގެ ވަރަކަށް ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސް މިން ހުންނާނީ 2 - 5 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

https://int.etukuri.mv/
tel:+9607331319