logo

ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅިރާއްޖެއަށް ވިއްސާރަ

profile

ޒިދާން މުޙައްމަދު - 30 ނޮވެމްބަރު 2024 - 13:28

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށާއި ލ. އަތޮޅުން ފެށިގެން އައްޑޫސިޓިއާއި ހަމައަށެވެ. އަދި ސަމާލު ނެރެފައިވަނީ ހެނދުނު 6:35 އިން މެންދުރުފަހު 12:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މެޓް އޮފީހުން ވަނީ ހުކުރު ދުވަހުގެ ރޭ ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި، އެ ފީހުން ލަފާކުރާ ގޮތުގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެކެވެ.

https://int.etukuri.mv/
tel:+9607331319