logo

މާލޭގެ މަގުތަކުގެ ހާލަތު ދެނެގަންނަން ސާވޭއެއް ފަށައިފި

profile

އާމިނަތު ޝަފާ - 24 ސެޕްޓެމްބަރު 2024 - 13:40

މާލޭގެ ބައެއް މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

މާލޭގެ ބައެއް މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި

މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމުގެ ސާވޭއެއް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

19 ދާއިރާއަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ސާވޭ ފަށައިފައިވަނީ އާދިއްތަ ދުވަހުއެވެ.

މި ސާވޭގެ މަސައްކަތް ނިމޭއިރު، މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ޑިޖިޓަލްކޮށް ފެންނާނެ ކަމަށާއި މި ގޮތުން ހަލާކުވެފައި ހުރި މަގުތަކާއި ކާނުތަކާއި ދުވާރުތަކާއި އަދި ޢިމާރާތް ކުރުމުގެ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ތަންތަން ވެސް ޑިޖިޓަލްކޮށް ފެންނާނެކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މަސައްކަތުގައި ސިޓީ ކައުންސިލުގެ ކައުންސިލަރުން ދަނީ އަމަލީ ގޮތުން ކައުންސިލުގެ މުއައްޒަފުންނާ އެކު ހަރަކާތްތެރިވަމުންނެވެ.

މިހާރު ފެށިފައިވާ މި މަސައްކަތުގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ކައިރީގައި ހުރި ކާނުތައް ސާފުކުރުމާއި ހަލާކުވެފައި ހުރި މަގުތަކާއި ދުވާރު ތަކާއި ކާނުތައް މަރާމާތު ކުރުން ވެސް ހިމެނެއެވެ. މީގެ ސަބަބުން މަގުތަކުގައި ހިނގައި އުޅޭ މީހުންނާއި ދުއްވާ އުޅަދުތަކަށް މިހާރު ކުރިމަތިވާ މައްސަލަތަކަށް ކޮށްމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެއެވެ.

މި ސާވޭ ނިމި، ޖިޑިޓަލްކޮށް މާލޭގެ މަގުތަކުގެ ޙާލަތު ބެލޭނެ ނިޒާމު ގާއިމްވުމުން، މަގުތަކުގެ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވި، ކުރިމަތިވާ މައްސަލަތައް ޙައްލު ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް އަވަސްވެގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެވެެ.

https://wamco.com.mv/
tel:+9607331319