logo

16 އަހަރުން ދަށުގެ ކުދިންނަށް އިންގްލެންޑުގައި އެނާޖީ ޑްރިންކް މަނާކުރަނީ

profile

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2026 - 09:27

އަންނަ އޯގަސްޓް މަހުން ފެށިގެން، އިންގްލޭންޑުގައި 16 އަހަރުން ދަށުގެ ކުދިންނަށް ކެފެއިން ގިނަ އެނާޖީ ޑްރިންކްސް ވިއްކުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

އިންގްލޭންޑް ސަރުކާރުން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ދަށުން މަނާކުރެވޭނީ ކޮންމެ ލިޓަރަކަށް 150 މިލިގްރާމަށްވުރެ އިތުރަށް ކެފެއިން އެކުލެވޭ ބުއިންތަކެވެ.

މި ގަވާއިދަށް ފިހާރަތަކާއި، ކެފޭ، ރެސްޓޯރެންޓް، ވެންޑިންގ މެޝިންތައް އަދި އޮންލައިން ވިޔަފާރިތަކުން ވެސް އަމަލުކުރަން ޖެހޭނެއެވެ.

މި އުސޫލުގެ ދަށުން ކެފެއިން މަދު ބުއިންތައް ކަމަށްވާ ޑައިޓް ކޯކު ފަދަ ތަކެތި އިސްތިސްނާވި ނަމަވެސް، ރެޑްބުލް، މޮންސްޓާ، ރެލެންޓްލެސް އަދި ޕްރައިމް ފަދަ އެނާޖީ ޑްރިންކްސް 16 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން މުޅިން މަނާވާނެއެވެ.

ސަރުކާރުން ބުނި ގޮތުގައި، މި ފިޔަވަޅަކީ ކުޑަކުދިންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންގްލޭންޑުގައި ދުވާލަކު ގާތްގަނޑަކަށް 100,000 ކުދިން ކެފެއިން ގިނަ އެނާޖީ ޑްރިންކްސް ބޭނުންކުރެއެވެ.

އެނާޖީ ޑްރިންކްސް ބޭނުންކުރުމުގެ ސަބަބުން ކުދިންގެ ނިދުމަށް ބުރޫއެރުމާއި، ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމުގެ އިތުރުން، ތައުލީމީ ނަތީޖާއަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk