logo

ސީއެމްޑީއޭގެ ސީއީއޯ އަކަށް އަހްމަދު މުހައްމަދު އައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2026 - 09:24

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަގާމަށް މުހައްމަދު އަހްމަދު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސީ.އެމް.ޑީ.އޭގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނާއި ސީ.އީ.އޯ އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މުހައްމަދު އަހްމަދު މި މަގާމަށް އައްޔަންކުރެއްވިކަން އެ އޮތޯރިޓީން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މުހައްމަދު އަހްމަދަކީ ފައިނޭންސް، ބޭންކިންގ، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާތަކުން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލު ބޭފުޅެކެވެ. އެމަނިކުފާނުގެ ދިގު ހިދުމަތުގެ ދައުރުގައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ސެކްޓަރުގެ އިސް މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް އަދި ސޮލަރެލް އިންޝުއަރެންސް ފަދަ މުއައްސަސާތަކުގެ އިސް މަގާމުތައް ފާހަގަކޮށްލެވެއެވެ.

އިގްތިސާދީ ތަރައްގީއާއި، ދައުލަތުގެ މާލިއްޔަތުގެ އިތުރުން މުއައްސަސާތަކުގެ ލީޑަޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނީ މާހިރެއް ކަމަށްވާ މުހައްމަދު އަހްމަދު ވަނީ، އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވެއެވެ.

ސީއެމްޑީއޭގެ ސީއީއޯ ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ހުސައިން މަނިކެވެ.

އޭނާ އެ މަގާމުން ރިޓަޔަރ ކުރެއްވީ މިއަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކޮށް، އެ ދާއިރާ ރެގިއުލޭޓް ކުރުމުގެ މަގުސަދުގައި މިނިވަން މުއައްސަސާއެއްގެ ގޮތުގައިސީއެމްޑީއޭ ގާއިމުކުރެވުނީ 2006 ވަނަ އަހަރުއެވެ.

ސީއެމްޑީއޭގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސެކިއުރިޓީޒް މާކެޓާ ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދޫކުރުމާއި، އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk