logo
ފަތުރުވެރިން

ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް 1 ލައްކަ 55 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފި

profile

މުޙައްމަދު ފަޟްލޫން - 17 ޖުލައި 2026 - 09:22

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުތަކަށް ބަލާއިރު، މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,155,017 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.8 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,105,567 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ. ޗައިނާ އިން މިހާތަނަށް 190,016 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން 164,067 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 91,574 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވި ދޮރުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށެވެ.

ވީއައިއޭ މެދުވެރިކޮށް 1,125,664 ފަތުރުވެރިން ރާއްޖެއަށް އެތެރެވިިއިރު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް 2,528 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކަނޑުމަގުން (ސީޕޯޓް މެދުވެރިކޮށް) މިހާތަނަށް 15,577 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk