logo

ޗެއަރޕާސަންގެ އިންތިހާބު ކަނޑައެޅުނު ތާރީހަށް ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލިދާނެ: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 02:10

ޗެއަރޕާސަންގެ އިންތިހާބު ކަނޑައެޅުނު ތާރީހަށް ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލިދާނެ ކަމަށް ކުރީގެ ރައީސް އެމްޑީޕީގެ ޗެއަރޕާސަން ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ތ އަތޮޅު ކިނބިދޫ އަށް ވަޑައިގެން ސަޕޯޓަރުންތަކަކާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މެދު ހިތްހަމަނުޖެހޭ މީހުން ޕާޓީގައި ތިބި ފަދައިން، އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެމްޑީޕީގައި ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި ތާއީދު އޮތީ ކޮން ފަރާތަކަށްތޯ ސާފުނުވާނަމަ، ކަންކަން ހައްލުކުރުމުގެ ނަމުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ރައީސް ސޯލިހާއެކު ފޮޓޯއެއް ނެގުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، އެފަދަ ކަމަކުން ހިތްހަމަޖެހުން ލިބުނަސް ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ އިންތިހާބު ބާއްވާނެ ފައިސާ ނެތް ކަމަށް ބުނެ ޗެއަރޕާސަންގެ އިންތިހާބު ފަސްކުރަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ އުޅުއްވާ ދަނޑިވަޅެއްގައެވެ.

ގަފޫރުގެ ހުށަހެޅުމާއި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ ވާދަވެރި ކެންޑިޑޭޓް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އިންތިހާބު ފަސްކުރުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޗެއަރޕާސަންގެ އިންތިހާބު ބާއްވަން އެމްޑީޕީ އިން ނިންމާފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk