logo

ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން ފަށައިފި

profile

އައިމިނަތު ރޫޔާ - 29 އޮކްޓޯބަރު 2024 - 12:30

ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން ފަށައިފި-- ފޮޓޯ: ހައުސިން މިނިސްޓްރީ

ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން ފަށައިފި-- ފޮޓޯ: ހައުސިން މިނިސްޓްރީ

ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކުގެ ގުރުނެގުން ފަށައިފިއެވެ.

މިއަދު ހެނދުނު 09:00 އިން ފެށިގެން ގުރުއަތު ނެގުން ކުރިއަށްދަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

ގުރު ނެގުމަށްޓަކައި ގުޅީފަޅުން ދޫކޮށްފައިވާ 7 ކެޓަގަރީއަށް ނިސްބަތްވާ ގޯތިތަކުގެ އަކަފޫޓުގެ ތަރުތީބުން ވަކިވަކި ފޮށިތައް ވަނީ ހާއްސަ ކޮށްފައެވެ.

އެއީ، 1250 އަކަފޫޓް، 1650 އަކަފޫޓް، 2050 އަކަފޫޓް، 2450 އަކަފޫޓް، 2850 އަކަފޫޓް، 3250 އަކަފޫޓް އަދި 3650 އަކަފޫޓްގެ ގޯއްޗެވެ.

ގުޅީ ފަޅުން 3520 ގޯތި ދޫކުރެއެވެ. މިފަރާތްތަކުގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވާ ތަރުތީބުންނެވެ.

ގޯތި ލިބުނު ފަރާތްތަކަށް އެސްއެމްއެސްގެ ޒަރީޔާއިން އަދި ހިޔާވަހި ޕޯޓަލް އިން ބިމުގެ ތަފްސީލް ލިބޭނެކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ވަގުތުން ގުރުނެގުމުގެ އަދާހަމަތައް ފެނިގެންދާނެކަމަށެވެ.

https://wamco.com.mv/
tel:+9607331319