logo

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސް، ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި

profile

އައިމިނަތު ރޫޔާ - 03 ނޮވެމްބަރު 2024 - 11:37

ރައިސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގައި---

ރައިސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގައި---

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ރޭ ވަނީ ސޯޝަލްމީޑިއާގައި ނަޞްރުގެ ދުވަހަށް ޙާއްސަކޮށްގެން އާދަމް ޙަލީމް އަދުނާން ހައްދަވާފައިވާ "ޝަހީދުންގެ ޒިކުރާ" ޅެން ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ހިއްސާކުރެއްވި ބައިތުތަކުގައި ދިވެހި އުންމަތުގެ ހައްގުގައި ތެދުވެ، ދިވެހި ދިދަ ހިމާޔަތްކުރުމަށް އަތުގުޅާލައިގެން އެދުވަހު ނިކުތްކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ދިވެހި ބިމާއި އިސްލާމް ދީނުގެ ޝަރަފަށްޓަކައި، އަދި ގައުމުގެ ދިފާޢުގައި ޝަހީދުވި ދިވެހި ދަރީންނަށް ޝުކުރު ދަންނަވާ، އެދުވަހު ގައުމަށްޓަކައި ގުރުބާންވި ދަރީންގެ ޒިކުރާ އައު ކުރަންޖެހޭ ކަމަށް އެބައިތުތަކުގައި ވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ވަނީ 19 ދިވެހީން ޝަހީދުކޮށްލާފައެވެ. އެއީ ޢާންމު ރައްޔިތުންގެ 11 ފަރާތަކާއި ސިފައިންގެ 8 ފަރާތެކެވެ.

އެދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި އަދި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އަދި އެންމެ ބިރުވެރި، ނުރައްކާތެރި ހަމަލާއެވެ.

އެދުވަހުގެ 18 ވަރަކަށް ގަޑިއިރު ވަންދެން މާލޭގެ މައްޗަށް ދުޝްމަނުން އަތްގަދަކޮށްލައިގެން ތިއްބެވެ.

މިއަދު ފާހަކުރަމުން މިދަނީ ބާޣީން އަތުން ދިވެހިންނަށް ނަޞްރު ލިބުނުތާ 36 އަހަރު ފުރުނު ދުވަހެވެ.

https://wamco.com.mv/
tel:+9607331319