logo

މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް: ރައީސް

profile

އައިޝަތު އިނާޝާ - 06 ސެޕްޓެމްބަރު 2024 - 12:49

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ، ހއ.ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮމިޝަނަރ ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކޮމިޝަނަރ ޢަލީ ޝުޖާޢުގެ ލޮބުވެތި ބައްޕާފުޅު، ޢަބްދުއްސަލާމް ޢަލީ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށާއި މަރުޙޫމް ޢަބްދުއްސަލާމް ޢަލީއަކީ، ހއ.ހޯރަފުށީގައި އިމާމުވެ ނަމާދުކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރައްވައި، ރައްޔިތުންގެ އިޙްތިރާމް ހޯއްދަވާފައިވާ، ދީންވެރި، ޚުލްޤު ހެޔޮ ބޭފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މަރުޙޫމް ޢަބްދުއްސަލާމް ޢަލީ ލަހައްޓަވުމަށް ދުޢާ ދަންނަވާފައެވެ.

tel:+9607331319