
މިއަހަރުގެ ފެބްރުއަރީ މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިން

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 10:47
މިއަހަރުގެ ފެބްރުއަރީ މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.
ޗައިނާއިން ރާއްޖެއަށް މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 37,304 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިންނެވެ.
ރަޝިޔާއިން 35,963 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރަޝިޔާއަށް ފަހު އިޓަލީއިން ރާއްޖެއަށް 30,045 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 27,107 ފަތުރުވެރިއަކު މިހާތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޖަރުމަނުވިލާތުން ރާއްޖެއަށް މިހާތަނަށް 18,213 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިންޑިއާއިން ރާއްޖެއަށް މިހާތަނަށް 10,896 ފަތުރުވެރިން ވަނީ ޒިިޔާރަތްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 224,788 (ދެލައްކަ ސައްވީސް ހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަދަދަކީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ މެދުވެރިކޮށެވެ.
ވީއައިއޭގެ އިތުރުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަލް އެއަރޕޯޓް އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެއަށް ވަނީ ގިނަ އަދަދެެއްގެ ފަތުރުވެރިން އައިސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ
4 ގަޑިއިރު ކުރިން

ރީ ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ
5 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ރޯދަމަހު ފިހާރަތައް މެންދަމު 1 ޖަހަންދެން ކެފޭ / ރެސްޓޯރެންޓްތަކުން 3 ޖަހަންދެން ހިދުމަތްދެވޭނެ
8 ގަޑިއިރު ކުރިން


