
ސްޕްރީމް ކޯޓުން "ފެންނަ ނުފެންނަ ވޯޓުގެ" މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރިޟްވާން މޫސާ - 26 މާރިޗު 2026 - 11:39
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ
މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކަމަށް ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ވަނީ އިއުލާނުކުރައްވާފަ އެވެ.
ނަމަވެސް މި މައްސަލައަށް ހުކުމް އިއްވަނީ ކޮން ދުވަހެއްގައި ކަމެއް ސްޕްރީމް ކޯޓަކުން އަދި މިހާތަނަކަށް އަންގާފައެއް ނުވެ އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށައެޅި މި މައްސަލަ އަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މި މައްސަލަ ރައްދުވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް ބާއްވާފައި ވަނީ މިއަދު ހެނދުނު އެވެ. މައްސަލަ ހުށައެޅި ފަރާތުން ކޯޓުގައި ބުނެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލުން ވިދާޅުވީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށެވެ.
މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ
32 މިނިޓު ކުރިން

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން

"ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފި
6 ގަޑިއިރު ކުރިން

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދު ތަކުން ފީއެއް ނަގަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)