.webp&w=3840&q=75)
މިދިޔަ ހަފްތާގައި އެމްޕީއެލުން 1،931 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި

އައިޝަތު އިބްރާހިމް - 25 އޯގަސްޓު 2025 - 13:46
މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 1،931 ކޮންޓެއިނަރުގެ މުދާ ކްލިއާރކޮށްފިއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި ކްލިއާ ކޮށްފައިވާ 1،931 ކޮންޓެއިނަރުގެ ތެރޭގައި 20 ފޫޓުގެ 743 އަދި 40 ފޫޓުގެ 594 ކޮންޓެއިނަރު ހިމެނެއެވެ.
ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ވަނީ، ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ދޮންކެޔޮ، ކެބެޖް، ބަރަބޯ އަދި ސްވީޓް މެލަން ހިމެނޭ ކޮންޓެއިނަރުތައް ކްލިއާރކޮށްފައެވެ.
ވީކްލީ ސްޓެސްޓިކްސް/ ފޮޓޯ: އެމްޕީއެލް
މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 22،001 ޕެކޭޖުގެ ބިސް، 16،777 ޕެކޭޖުގެ ފިޔާ، 11،618 ޕެކޭޖުގެ ކަރާ، 7،044 ޕެކޭޖުގެ އަލުވި އަދި 5،023 ޕެކޭޖުގެ ޓޮމާޓޯ ހިމެނެއެވެ. މީގެ އިތުރުން 4،635 ޕެކޭޖުގެ އަލަނާސި، 4،053 ޕެކޭޖުގެ ކެބެޖް، 3،771 ޕެކޭޖުގެ ދޮންކެޔޮ، 1،891 ޕެކޭޖުގެ ބަރަބޯ އަދި 889 ޕެކޭޖުގެ ސްވިޓް މެލަން ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ކާރގޯ އޮޕަރޭޝަންތަކުގައި ހަތަރުކޮންޓެއިނާ އުޅަނދާއި ފަސް ޖެނެރަލް ކާގޯ އުޅަނދު ހިމެނޭ ކަމަށް މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްޕީއެލްއިން ދަނީ ކޮންމެ ހަފްތާއަކު ވެސް އެ ކުންފުނިން ކްލިއާކުރާ މުދަލުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މި ހަފްތާގައި އެންމެ ގިނައިން ކުލިއާކޮށްފައިވަނީ ފިޔާކަމުގައިވެސް އެމްޕީއެލުން ހާމަކޮށްފައިވާ ތަފާސް ހިސާބުންދައްކައެވެ.