logo

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއް ދީފި

profile

އާމިނަތު ޝަޒްލާ - 28 މޭ 2026 - 12:09

އީރާނުގެ އިސްލާމިކް ރިވަލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާތަކެއްދީފިއެވެ. މި ހަމަލާ ދިން ވަކި ސަރަހައްދެއް އީރާނުން ހާމަކޮށްފައިއެއް ނުވެއެވެ.

https://wamco.com.mv/

މި ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ ހޮރްމުޒް ކަނޑުއޮޅި ސަރަހައްދުން އީރާނުގެ ޑްރޯންތަކެއް އެމެރިކާއިން ވައްޓާލައި، އީރާނުގެ ބަނދަރެއް ކަމަށްވާ ބަންދަރު އައްބާސްގެ އަސްކަރީ މަރުކަޒަކަށް އެމެރިކާ ސިފައިން ހަމަލާދިނުމާ ގުޅިގެންނެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒެއް ގޮތުގައި އޮންނަ ކުވައިތުން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން މިސައިލްތަކާއި ޑްރޯންތަކެއް ނައްތާލާފައިވާ ކަމަށެވެ.

އީރާނުގެ ޚާރިޖިއްޔާއިން ވަނީ މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސުލްހައިގެ އެއްބަސްވުމާ ޚިލާފު އަމަލެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ. އަދި އީރާނުގެ ސަރުކާރުން މިފަދަ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. ދުނިޔޭގައި އުފައްދާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ބިރު ބޮޑުވެ، ހަކަތައިގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުމާމެދު އެމެރިކާއިން އަދި ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވާނަމަ އަސްކަރީ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk