logo

ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 02:10

އައު ކައުންސިލްގެ މެންބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުގައި ސޮއިކުރުމުގެ ދަރުބާރު ކުރިއަށްދާނެ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.

https://wamco.com.mv/

އައު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ކަނޑައަޅާފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ހުވާކުރުމުގެ ދަރުބާރުގެ އެންމެހައި ކަންކަން އިންތިޒާމްކުރަން ޖެހޭގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ.

މި އުސޫލުގައި ބުނެފައިވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ރަސްމިއްޔާތުގައި ބައިވެރިކުރުމަށްޓަކައި މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ރަށުގައި އާއްމުކޮށް އިއުލާންކުރަންޖެހޭނެކަމަށެވެ.

ރަށުގައި ހިނގަމުންދާ ސަރުކާރުގެ އިދާރާތަކަށް އެ ތަންތަނުގެ މުވައްޒަފުން ދަރުބާރަށް ވަޑައިގަތުމަށް ދައުވަތު ދޭންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ފަނޑިޔާރަކު ނެތް ރަށެއްނަމަ ދަރުބާރަށް ވަޑައިގަންނަވާ ފަނޑިޔާރަށް ސެކްރެޓަރ ޖެނެރަލް އިސްތިގްބާލުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ވަނީ ބުނެފައެވެ.

ރަށުގައި ފަނޑިޔާރަކު ނެތްނަމަ ނުވަތަ ހުވައި ކުރުމުގެ ދަރުބާރު އޮންނަ ވަގުތަށް ފަނޑިޔާރަކު ރަށަށް ނުގެނެވި އޮންލައިންކޮށް ހުވައިލައިދޭ ހާލަތުގައި އެ އިންތިޒާމް ހަމަޖައްސައި އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ލަސްވެގެން ރަސްމިއްޔާތު ބޭއްވުމުގެ 1 ދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން ހިއްސާކުރަންވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ރަސްމިއްޔާތުގެ ފޮޓޯ މަގޭ ކައުންސިލް ޕޯޓަލްގައި ލަސްނުކޮށް އަޕްލޯޑްކުރުމާއި ޕޯޓަލްގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރަންވާނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ. ރާއްޖޭގައި ހިންގާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ދަރުބާރުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކައުންސިލާއި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިމުމަށްފަހު ލަސްވެގެން 3 ގަޑިއިރު ތެރޭގައި މަގޭ ކައުންސިލް ޕޯޓަލްގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އަދާހަމަކުރަންވާނެކަމަށް ލޯކަލް ގަވަމަންޓް އޮޓޯރިޓީން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނީ އެއްވަގުތެއްގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk