logo

މުއިއްޒު މަސައްކަތް ކުރަނީ ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެންނަން: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 08 ޖޫން 2026 - 06:27

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެންނަން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، އެކަމުގެ ނަތީޖާ ވަރަށް ވެސް ހިތި ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސް ނަޝީދު ގެންދަވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޙާބުގައި މުޅި ރާއްޖޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވެސް ބައްދަލުކުރައްވަމުން ނެވެ.

ރައީސް ނަޝިދުގެ ޓީމުން ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފިޔޯރީގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވިދާޅުވެލެއްވީ ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ އިހުސާސްތައް އޮބަހައްޓަން މަސައްކަތް ކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު އިންތިހާއަށް ދަށްވެފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ލަޝްކަރު އަލުން ރުކުރުވާލައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރުގަދަ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ބިރުދެއްކި ނަމަވެސް ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ ތާއީދު 5 ޕަސެންޓަށް ދަށް ވުމަކީ އެހެން ކަމެއް ކަމަށާއި، އެނުދިރޭނެ ކަމަށެވެ. އަދި އެކަން ރައީސް މުއިއްޒުގެ ވެސް ގަބޫލުފުޅު ކުރައްވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ ލަޝްކަރު އަލުން ރުކުރުވާލާނެ ކަމަށާއި، ގަދަކޮށް ވަރުގަދަކޮށް ނުކުންނާނެ ކަމަށެވެ. އަދި އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވައި، އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ދޫނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk