logo

ރައީސްގެ އެދުމުގެ މަތިން އާރުޓީއައި ގާނޫނުގެ ދަށުން އާންމުކުރަންޖެހޭ މައުލޫމާތުތައް އާންމުކޮށްފި

profile

ރިޟްވާން މޫސާ - 08 ޖޫން 2026 - 06:27

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރިހާ މިނިސްޓްރީއަކުން މިހާރު އާންމުކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިއީ 2014 ވަނަ އަހަރު ގާނޫނަށް އަމަލުކުރަން ފެށިފަހުން ދައުލަތުގެ ހުރިހާ އިދާރާތަކުން މި މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް 13 މައުލޫމާތެއް ހާމަކުރަންޖެހެ އެވެ. އެ މާއްދާގައިވާ މިމައުލޫމާތު ހާމަކުރަން ޖެހެނީ، ހަމައެކަނި އެކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެމަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގަ އެވެ.

އަދި ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެ މަތިން މިމައުލޫމާތު ޝާޢިއުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އަމިއްލަ އިސް ނެގުމަށް މައުލޫމާތު ހާމަކުރި އިދާރާތަކުގެ ތެރޭގައި ރައީސް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީސް ވެސް ހިމެނެ އެވެ. އަމިއްލަ އިސް ނެގުމަށް ހުރިހާ މިނިސްޓްރީއަކުން މައުލޫމާތުދީ ނިންމާފައިވާތީ އެކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުގެ 16 އިދާރާއަކުން އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް އާންމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk