
އޮއްޓަރެއް ހުރި ނަތީޖާ ނެރެވޭނެ އެއް ކަމެއްވެސް މި ސަރުކާރަކުން ނުކުރޭ: ރައީސް ޔާމީން

ރިޟްވާން މޫސާ - 08 ޖޫން 2026 - 08:20
އޮއްޓަރެއް ހުރި ނަތީޖާ ނެރެވޭނެ ނުވަތަ މަންފާ އެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރައްވާ ކަމަށާއި، މި ސަރުކާރު ކުރިއަށް ދަނީ ބޭކާރު ހޭދަތައް ކުރުމުގައި ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އުފައްދަވާފައިވާ ޕީއެންއެފްގެ ފޮރޮންޓް އޮފީސް ޖަލްސާގައި ވާހަގަކުފުޅު ދައްވަމުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހު ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖޭގެ ދަރަނި 90 ބިލިއަން ރުފިޔާއަށް އިތުރުވެގެންދިއުން އެކަށީގެންވާ ކަމަށެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އެ ޖަލްސާގައި އިސްމާއިލް ޒަރިޔަންދު ދެއްކެވި ވާހަކައަށް އަލިއަޅުވާލައްވައެވެ. ޒަރިޔަންދު ވަނީ މި ސަރުކާރުން ވެރިކަމަށް އައިރު 130 ބިލިއަން ރުފިޔާއާ ގާތްކުރާ މިންވަރަށް ދަރަނި ވާރުތަވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުން ދަރަނި ނަގާފައިވަނީ އޭގެ ކުރީ ސަރުކާރުތަކާއި އެއް މިންވަރަކަށް ކަމަށާއި އެއީ ގާތްގަނޑަކަށް 60 ބިލިއަނާ ގާތްކުރާ މިންވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު އިތުރު 30 ބިލިއަން ނުވަތަ 40 ބިލިއަނާ އެއް މިންވަރަށް ދަރަނި އުފައްދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަހަރު ނިމޭއިރު ޖުމްލަ 57 ބިލިއަންގެ ދަރަނި ރައީސް މުއިއްޒުގެ ސަރުކާރުން އިތުރުކުރައްވާނެ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
ޔާމީން ވަނީ ރައީސް މުއިއްޒުގެ ސްޕޯކްސްޕާސަންއާއި ދެންވެސް ތިބި މީހުން ފާޑު ފާޑުގެ ޓުވީޓުތައް ކުރައްވާއިރު މި ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ތަފާސްހިސާބު ބެެއްލެވުމަށް އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް، ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަން ކުރައްވައިފި
8 ގަޑިއިރު ކުރިން

މުއިއްޒު މަސައްކަތް ކުރަނީ ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެންނަން: ރައީސް ނަޝީދު
11 ގަޑިއިރު ކުރިން

ރައީސްގެ އެދުމުގެ މަތިން އާރުޓީއައި ގާނޫނުގެ ދަށުން އާންމުކުރަންޖެހޭ މައުލޫމާތުތައް އާންމުކޮށްފި
11 ގަޑިއިރު ކުރިން

"ކަނޑުތައް ޙިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވޭ"
12 ގަޑިއިރު ކުރިން


.gif&w=3840&q=75)