
ސަސެކް އެނާޖީ ވޯކިންގ ގްރޫޕް ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ

ޝަހްޒާ މުޙައްމަދު - 28 ނޮވެމްބަރު 2025 - 13:20
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (SASEC) އެނަރޖީ ވޯކިންގ ގްރޫޕްގެ މުހިންމު ބައްދަލުވުމެއްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެއެވެ.
ނޭޕާލުގެ ކާޓްމަންޑޫގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެފައިވަނީ ޓޫރިޒަމް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަސީރެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް ބިނާވެފައިވަނީ ސަރަޙައްދީ ހަކަތައިގެ ދާއިރާއިން ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ. މީގެ ތެރޭގައި ގްރީން ފައިނޭންސްގެ ފުރުޞަތުތަކާއި، ސާފު ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް ހަލުއިކުރުން ހިމެނެއެވެ. އަދި ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމު (ޓްރާންސްމިޝަން އަދި ސަޕްލައި ޗެއިން) އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ތަފްޞީލީ މަޝްވަރާތަކެއް ކުރެވިފައެވެ.
މިފަދަ ބައްދަލުވުންތަކަކީ ދިވެހިރާއްޖެއާއި ސަރަޙައްދުގެ އެހެން ގައުމުތަކާ ދެމެދު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކޮށް، ތަރައްގީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިކޮށްދޭ މުހިންމު ފުރުޞަތެއްކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
4 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
5 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
7 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
8 ގަޑިއިރު ކުރިން


.gif&w=3840&q=75)