logo

ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް!

profile

އަހުމަދު ޒަލީފު - 07 ސެޕްޓެމްބަރު 2023 - 17:53

--

--

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހ. އާހަމަ, ޢަބްދުالله ޒިޔާތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފިއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާއެއް ކުރުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން މިއަދު ބޭއްވުނު އަޑުއެހުމުގައި ޒިޔާތުގެ މައްޗަށްކުރި ޚިޔާނާތްތެރިވުމުގެ ކުށުގެ 3 ދަޢުވާއަށްވެސް އޭނާ އިޢުތިރާފުވެފައިވާތީ, އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ އެއްބަސްވުމުގައިވާގޮތަށް އަދަބު ވަނީ ކަޑަައަޅާފައެވެ.

އެ އެއްބަސްވުމުގެ ދަށުން ޒިޔާތުގެ މައްޗަށް ކަނޑައަޅާ އަދަބު, އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 4 ދަރަޖަ މަތިކުރުމަށާއި, ޒިޔާތު ކުށަށް އިޢުތިރާފު ވެފައިވާތީއާއި, މައްސަލައިގެ ތަޙުޤީޤު އަދި ޝަރީޢަތުގެ މަރުޙަލާގައި އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދީފައިވާތީ, އަދަބު ކަނޑައަޅުމުގެ މިންގަނޑުން 3 ދަރަޖަ ދަށްކުރުމަށް އެއްބަސްވެފައިވާނެ ކަމަށް ޕީޖީން ބުނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ އެކި ކުންފުނިތަކުން އެމްއެމްޕީއާރސީއަށް ފައިސާ ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައާއި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީ އިން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި ފައިސާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި, ޒިޔާތުގެ މައްޗަށް 3 ދައުވާއެއް ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާއެއް ނުވަތަ މުދަލެއް ދައުލަތަށް އަނބުރާ ނެގުމަށް، ހިންގޭ އިދާރީ ނުވަތަ މަދަނީ އެންމެހައި އިންތިޒާމުތަކާއި، ތަޙުޤީޤުތަކާކުގައި އެއްބާރުލުން ދިނުމަށާއި، އެ ފައިސާ ނުވަތަ މުދާ ދައުލަތަށް އަނބުރާ ޙަވާލުކުރުމަށް މި އެއްބަސްވުމުގެ ދަށުން ޒިޔާތު ވަނީ އެއްބަސްވެފައެވެ.

މި ތިން ދަޢުވާއަށް އެކު ޖުމްލަ 12 އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުމަށް ޒިޔާތާއި ދައުލަތާމެދު ވަނީ އެއްބަސްވެފައެވެ.


https://int.etukuri.mv/
tel:+9607331319