
މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއައިސްފި

މުޙައްމަދު ފަޟްލޫން - 13 އޯގަސްޓު 2026 - 09:23
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1,331,148 (އެއް މިލިއަން ތިންލައްކަ އެއްތިރީސް ހާސް އެއްސަތޭކަ ސާޅީސް އަށް) ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މި މަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި 76,531 ފަތުރުވެރިންނަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް މީގެ ކުރިން ބައެއް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް، މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ދުވާލަކު 5,964 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 237,271 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ޗައިނާގެ އިތުރުން ރަޝިޔާ އާއި އިނގިރޭސިވިލާތަކީވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް އިޚްތިޔާރު ކުރަނީ ރާއްޖޭގެ ރިސޯޓުތަކެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭރުފައިސާ އާއި ބެހޭ ގާނޫނުގެ އިސްލާހުތައް ދިރާސާކުރުން އާދީއްތަ ދުވަހު!
3 ގަޑިއިރު ކުރިން

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު މަދުވެއްޖެ: އެޗްޕީއޭ
4 ގަޑިއިރު ކުރިން
-1786609081371.webp&w=3840&q=75)
ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
4 ގަޑިއިރު ކުރިން

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


