logo
މިކޭލް މެރީނޯ ބަލްގޭރިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

މިކޭލް މެރީނޯ ބަލްގޭރިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

މެރީނޯގެ ދެލަނޑާއެކު ބަލްގޭރިއާ އަތުން ސްޕެއިންއަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 15 އޮކްޓޯބަރު 2025 - 12:04

ފީފާ ވޯލްޑްކަޕް ކޮލިފައިންގް ޔޫރަޕްގެ ގުރޫޕް އީގައި ރޭ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ބަލްގޭރިއާ ބަލިކޮށް ސްޕެއިނުން ކޮލިފައިވުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ކޮލިފައިންގައި ސްޕެއިން އެންމެ ފަހުން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބަލްގޭރިއާ އެންމެ ފަހުން ކުޅުނު މެޗުގައި ތުރުކީ އަތުން އެޓީމު ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިން އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސްޕެއިން މެޗު ޑޮމިނޭޓްކުރި މިހާފުގައި އެޓީމުން ވަނީ ބަލްގޭރިއާގެ ގޯލަށް 20 ހަމަލާ ފޮނުވާލާފައެވެ. ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. އަދި ދެވަނަ ހާފުގައި ސްޕެއިނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު މިހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ސްޕެއިންގެ މިޑްފީލްޑަރު މިކެއިލް މެރީނޯ ދެލަނޑު ކާމިޔާބުކުރިއިރު، ފޯވާޑް މިކޭލް އޮޔަޒަބަލް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ބަލްގޭރިއާގެ ޑިފެންޑަރު އަޓާނަސް ޗެރްނެވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތްއިރު މިމެޗުން ބަލިވި ބަލްގޭރިއާ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay