logo
ޑީއެސްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ޑީއެސްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑީއެސްސީއަށް

profile

ހަސަން ޝަމްއޫން - 12 ޖުލައި 2025 - 03:30

މިހާރު ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ސީދާ ތިން ސެޓުން ބަލިކޮށް، އެންމެ ފަހުގެ ޗެންޕިއަން ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އިން މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން ޑީއެސްސީ ޖާގަހޯދީ ގައުމީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ސެމީފައިނަލުން ޖާގަހޯދީ ގައުމީ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގައި ސިފައިންގެ ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މެޗުގެ ދެވަނަ ސެޓް 10 ޕޮއިންޓްގެ ލީޑަކާއެކު 15-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުންނެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގް އެވެ.

މިނަތީޖާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑީއެސްސީ އިން ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ދަނޑިމަގު ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ނުކުންނާނީ އެޗްޑީސީ އާއި ދެކޮޅަށެވެ. އެޗްޑީސީ ސެމީގެ ތިންވަނަ މެޗުން ޖާގަހޯދީ ޤައުމީ ވޮލީ ލީގުގެ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމުގެ މެދުގައި ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކުރުމަށްފަހު އެވެ.

https://etukuri.mv/
https://www.aslu.com.mv