logo
ޑރ ޖަމީލް

ޑރ ޖަމީލް

މަޑުން ނުތިބޭނަން، ސަރުކާރު ޖަވާބުދާރީ ކުރުވާނަން - ޖަމީލް

profile

އަހުމަދު ޒަލީފު - 28 މޭ 2024 - 10:19

ސަރުކާރުން ވެފައިވާ ވައުދުއް ފުއްދުމަށާއި މަޑުން ނުތިބޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމާ ގުޅިގެން ޖަމީލު ވިދާޅުވީ މިފަހަރު ވެސް ގައުމުގެ ރައީސް ބޭނުންވި މެޖޯރިޓީ ރައްޔިތުން މިވަނީ ދީފައި ކަމަށާއި ގައުމުގެ އިގްތިޞާދީ، އިޖްތިމާޢީ އަދި ގަވަރނަންސްގެ މައްސަލަ ނުހަނު ގިނަ ކަމަށްވާއިރު އުއްމީދަކީ އެ މަޖިލީހުން ނަތީޖާ ނެރެދިނުން ކަމަށެވެ.

އަދި ހުރިހާ ބާރެއް ލިބި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިނާއި މަޖްލިސް ކެމްޕެއިނުގައި ވެފައިވާ އެތަކެއް ހާސް ވަޢުދު ފުއްދަން ޖަމީލު ގޮވާލެއްވި އެވެ. އަދި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށާއި، ރައްޔިތުންގެ މަޞްލަހަތުގެ ނަމުގައި ރާޖޫ އަށް ހުޅުމާލޭ ބިން ދިނުންފަދަ ކޮރަޕްޓް ޢަމަލުތައް ކުރިޔަށް ނުގެންދަން ވަނީ ގޮވާލާފަ އެވެ.

"މަޑުން ނުތިބޭނަން، އަޑުއިވޭވަރު ކުރާނަން، ޚުތުމުޚުތާރު ގައުމަކަށް ވިޔަނުދޭނަން،" ޖަމީލު ވިދާޅުވި އެވެ.

ވިހި ވަނަ މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދަކީ 75 އެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީގެ ގޮނޑިތަކާ އެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަދަދު 79 އަށް މިހާރު ވަނީ އަރާފަ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެމްބަރުންނެވެ.

https://wamco.com.mv/
tel:+9607331319