logo

ހެލިކޮޕްޓަރު ޚިދުމަތް ދޭން ޕްރޮޕޯސަލް ހުށައަޅަން އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި

profile

ރިޟްވާން މޫސާ - 23 މާރިޗު 2026 - 08:02

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެކަން ސަރުކާރުން އިއުލާން ކުރިތާ އަހަރެއްވާން ގާތްވެފައިވާއިރު، އެކަން ނުވެ، އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވައިލި މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

https://wamco.com.mv/

ޓާރންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ދެފަހަރަކުވެސް ހެލިކޮޕްޓަރ ގެ ޙިދުަތް ރާއްޖޭގައި ފަށައިދޭނެ ފަރާތެއް ހޯދަން އިއުލާނުވެސް ކޮށްފަ އެވެ. ނަމަވެސް އެ ކަމަކަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

ޓްރާންސްޕޯރޓް މިނިސްޓްރީން އެންމެ ފަހުން ކުރި އިއުލާނުގައިވަނީ އަންނަ ބުދަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ. ނަމަވެސް އަނެއްކާ ވެސް އެ މުއްދަތު އަންނަ މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކަކާއި ޖަމިއްޔާތަކެއްގެ ހިންގުމަށާއި ލޮޖިސްޓިކް ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓްރީއަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޓްރާންސް ޕޯޓް މިނިސްޓްރީން އެންމެ ފުރަތަމަ ބުނެފައިވާ ގޮތުން މި މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރ ގެ ޙިދުމަތް ދޭން ފަށަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެކި ފަހަރު އިއުލާނުކުރުމުންވެސް މި ކަމަށް ތަރުހީބު ލިބުނުލެއް މަދުވުމުގެ ސަބަބުން އަދި މިހާތަނަށް އެކަން ނުފެށި އޮތީ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk