
ހައިވޭގައި ހިނގި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވީ 6 އުޅަދެއްޖެހިގެން

ޝަހްޒާ މުޙައްމަދު - 09 ފެބްރުއަރީ 2026 - 07:50
ހައިވޭގައި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާފެވައިވަނީ 6 އުޅަދެއް ޖެހިގެން ހިނގި ހާދިސާއެއްގައި ކަމަަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 12:45 ހާއިރުކަމަށެވެ. އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަރުން އައި ކާރެއް ޖެހިގެންނެވެ. އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރާ، ދަތުރުކުރަމުންދިޔަ އިތުރު 4 ސައިކަލުގަައިވެސް ވަނީ ޖެހިފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 4 ދިވެހިންނަށެވެ. އޭގެތެރެއިން 2 މީހަކަށް ހޮސްޕުޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލަފާކަމަށް ފުލުހުން ވިދާޅުވިއެވެ. އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ހެއްލުންތައް ވަނީ ވެފައިވއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ
25 މިނިޓު ކުރިން

ރީ ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ
ގަޑިއިރެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ރޯދަމަހު ފިހާރަތައް މެންދަމު 1 ޖަހަންދެން ކެފޭ / ރެސްޓޯރެންޓްތަކުން 3 ޖަހަންދެން ހިދުމަތްދެވޭނެ
4 ގަޑިއިރު ކުރިން


