logo

އަންނަ މަހު އިންވެސްޓަރުންނަށް ރެސިޑެންސީ ޕްރޮގްރާމް ތައާރަފް ކުރަނީ

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 11:37

އިންވެސްޓަރުންނަށް ޚާއްސަ ޕާލް ރެސިޑެންސީ ވިސާ އަންނަ މަހު ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕާލް ރެސިޑެންސީ ޕްރޮގްރާމް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނާސް ކުންފުންޏާއެވެ.

މި ޕްރޮގްރާމަކީ ރައީސުލް ޖުމްހޫރިއްޔާ މިދިޔަ އަހަރު ސިންގަޕޫރަށް ކުރެއްވެވި ރަސްމީދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި އިންވެސްޓް ކޮށް ދިގުމުއްދަތަކަށް ރާއްޖޭގެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެށި ޕްރޮގްރާމެކެވެ.

ސަރުކާރުގެ ސިޔާސަތު ތަކާއި މުހިންމު ކަންކަން ރައްޔިތުންނާއި، ހިއްސާ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ މި ޕްރޮގްރާމު ތަޢާރަފްކުރުމަށް ބޭނުންވާ ޤާނޫނީ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

ސައީދު ވިދާޅުވީ މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާޢްޖެއަށް ދިމާވާ އެކިއެކި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް މިފަދަ ޕްރޮގްރާމެއް ސަރުކާރުން ރާވައި ހިންގުމަކީ ވަރަށް ވެސް މުހިންމު ފިވަވަޅެއް ކަމުގައި ދެކޭ ކަމަށެވެ،

ރާއްޖެއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެޕްރީލް މަހު މި ޕްރޮގްރާމް ތަޢާފްކޮށް، ބައިވެރުވުމަށް ފުރުސަތު ހުޅުވާލުމަށް މަސައްކަތް ކުރައްވާކަން ހާމަކޮށްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ވިސާއަކާއި ރިމޯޓްކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ވިސާއެއް ތަޢާރަފް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk