logo
ޖޭއެސްސީ

ޖޭއެސްސީ

ދަށު ކޯޓުތަކުން ޖޭއެސްސީއަށް ގާޒީ ފަރުހާދު އިންތިހާބުކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 10 އޯގަސްޓު 2024 - 10:34

ދަށު ކޯޓުތަކުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް ފަރުހާދު ރަޝީދު އިންތިހާބުކޮށްފި އެވެ.

https://wamco.com.mv/

ދަށު ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކު ހޮވުމަށްޓަކައި އިންތިހާބު ބާއްވާފައިވަނީ މިއަދެވެ. އެ ކޮމިޝަނުން ވަނީ އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފަ އެވެ. މި އިންތިހާބުގައި 166 ފަނޑިޔާރުންނަށް ވޯޓުލުމުގެ ހައްގު ލިބިވަޑައިގަން ނަވަ އެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު އެ އިންތިހާބު ފަރުހާދު ކާމިޔާބު ކުރެއްވީ، ވޯޓު ދެއްވި 163 ފަނޑިޔާރުންގެ ތެރެއިން 91 ފަނޑިޔާރުންގެ ވޯޓު ހޯއްދަވައިގެން ނެވެ.

ވޯޓުގެ ނަތީޖާ

  1. ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް ފަރުހާދު ރަޝީދު: 91
  2. ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒް އިބްރާހީމް އިހުސާން: 71 ވޯޓު

  1. ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ އާއިޝަތު އަޒުފާ އަބްދުލްގަފޫރު: 0

  1. ފެމިލީ ކޯޓުގެ ގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު: 1 ވޯޓު

  1. ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒް ރަފީއުއްދީން އަހުމަދު : 0

ގާޒީ ފަރުހާދު ވަނީ މީގެކުރިން ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި އިސް ގާޒީކަން ކުރައްވައިފަ އެވެ.

ދަށުން ކޯޓުތަކުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރު ހޮވާފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ދައުރު ހަމަވުމުން ނެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަނުގައި ގާޒީ ފަރުހާދާ އެކު ތިއްބަވަނީ ޖޭއެސްސީގެ ރައީސް، އަލްއުސްތާޒް ރިޒާ އާދަމް، ނައިބު ރައީސް މުހައްމަދު ނިޔާޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން ފަނޑިޔާރު ހުސްނުއްސުއޫދު، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ، ބަންޑާރަނައިބު އަހްމަދު އުޝާމް، ރައީސްގެ މެންބަރު މުހައްމަދު ސަމީރު، ގާނޫނީ ވަކީލުންގެ ފަރާތުން ހުންނަވާ މެންބަރު އަލީ އަބްދުއްލަތީފެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay