
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ!

އަހުމަދު ޒަލީފު - 10 ޖެނުއަރީ 2023 - 09:48
ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު އިޢުލާން ކޮށްފިއެވެ.
ކްރިމިނަލް ކޯޓަކީ ޝަރީޢަތް ކުރާ 10 ސެކްޝަނަށް ހިންގަމުން އަންނަ ސްޕީރިއާ ކޯޓެކެވެ. ދެ ޤާޟީން ހޯދުމަށް ޖޭއެސްސީން އިޢުލާންކޮށްފައިވާއިރު، މި ވަގުތު އެ ކޯޓުގައި ހުސްވެފައިވަނީ އެންމެ ސެކްޝަނެކެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވި ފަނޑިޔާރު ދީބާނާޒު ފަޙުމީ މަސައްކަތް ކުރެއްވި ސެކްޝަނެވެ.
ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވި ޤާޟީން:
ބީ 1 – އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލް
ބީ 2 – (ހުސްވެފައި)
ބީ 3 – ޤާޟީ އަލްއުސްތާޛު ޙަސަން ސަޢީދު
ބީ 4 – ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބް
ބީ 5 – ޤާޟީ އަލްއުސްތާޛު ޢަލީ ނަދީމް
ބީ 6 – ޤާޟީ އަލްއުސްތާޛު އިސްމާޢިލް ޝަފީޢު
ބީ 7 – ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދު
ބީ 8 – ޤާޟީ އަލްއުސްތާޛު މުޙައްމަދު މިޞްބާޙް
ބީ 9 – ޤާޟީ އަލްއުސްތާޛު ޢަލީ ނަދީމް
ބީ 10 – ޤާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު
އަސާސީ މުސާރަ: މަހަކު 30،000 ރުފިޔާ
ލިވިން އެލަވަންސް: މަހަކު 15،000 ރުފިޔާ
ރިސްކް އެލަވަންސް : މަހަކު 3،300 ރުފިޔާ
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލެއްގެ ދަށުން މެޑުކަލް އިންޝިއުރެންސް އާއި ފޯން އެލަވަންސް ލިބޭނެއެވެ. މި އިޢުލާންގެ މުއްދަތު ހަމަވާނީ، 24 ޖެނުއަރީ 2023 ގެ 12:00 އަށެވެ.