logo

ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯކޮށް، އެހެން ތަނަކަށް ބަދަލުކުރަނީ

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2024 - 13:30

ހުޅުމާލެ ފޭސް 2

ހުޅުމާލެ ފޭސް 2

ހުޅުމާލޭގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމާއި އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާ މާދަމާ އެ މަސައްކަތް ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކޮށް ބަދަލު ކުރުމުގެ މަސައްކަތް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން ފަށަން ނިންމާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް މާދަމާ ހެނދުނު 8:00 އިން ފެށިގެން ކުރިޔަށް ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ޓެކްސީ އަދި 4 ފުރޮޅުލީ އުޅަނދުތަކުގެ އާންމު ޕާކިންގއަށް ހަމަޖައްސާފައިވާ ބިމުގެ ބޮޑު މިނަކީ ގާތްގަނޑަކަށް 90،000 އަކަފޫޓެވެ. މީގެ ތެރެއިން 50،000 އަކަފޫޓް ޙާއްސަ ކުރެވިފައިވަނީ ޓެކްސީ އަދި އެހެނިހެން 4 ފުރޮޅުލީ އުޅަނދު ދުއްވުމަށްފަހު ނަމާދު ގަޑިތަކާއި އެހެނިހެން ބްރޭކް ނަގާއިރު ބޭއްވުމަށެވެ. އަނެއް 40،000 އަކަފޫޓަކީ ނުގަވާއިދުން ޕާކުކޮށްފައިވާ އުޅަނދުތައް ޓޯ ކުރުމަށް ފުލުހުންނަށް ދެވިފައިވާ ޖާގައެކެވެ.

މީގެ އިތުރުން، ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތަކާއި އެހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް 6 މަސްދުވަހުގެ މުއްދަތަށް ބެހެއްޓުމަށް 42،000 އަކަފޫޓަށްވުރެ ބޮޑު ވަގުތީ ބިމެއް ހުޅުމާލޭގެ ފޭސް 2 ގައި ވަނީ ޚާއްޞަކުރެވިފައެވެ.

މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަކީ ޓެކްނިކަލީ ކުރެވިދާނެ ކަމެއް ކަމަށާއި، އެކަން ޙަޤީޤަތަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

tel:+9607331319