logo

ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް: ރައީސް

profile

ޝާމާ ޝުޢައިބު - 13 ނޮވެމްބަރު 2024 - 21:20

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، "ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް"ގައި ތަޤުރީރުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ނިޒާމުތަކަކީ އިގްތިސާދީ ޟަރޫރަތެއް ކަމަށެވެ.

މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސެންޑާއި ފްރޭމްވަރކްއަށް ދިވެހިރާއްޖެއިން ދޭ އަހަމިއްޔަތުކަން ފާހަގަކުރައްވަމުން، ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ޤައުމީ ފެންވަރުގައި އެކުލަވާލި ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އިތުރުން، ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ރޮނގުން، ފަހުގެ ތާރީޚުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީސާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ގާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އާންމު އިންޒާރު ދޭ އުސޫލު، ނުވަތަ ކޮމަން އެލަރޓިންގް ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގ ސިސްޓަމްތައް ހަރުދަނާކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓްގައި ތަގުރީރު ކުރައްވަމުން ރައީސް ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަގުވާމީ އެއްބާރުލުމާއި ވަސީލަތްތަކުގެ އެހީތެރިކަން، އަދި ވަކިން ޚާއްސަކޮށް، މެރީން ފޯރކާސްޓިންގްގެ ރޮނގުން އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319