logo

ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 46،000 އިން މައްޗަށް، އަސްލު އަދަދު އެތައްގުނަ އިތުރު

profile

ސައިފް އަޒުހަރު - 09 ޖެނުއަރީ 2025 - 15:30

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 46،000 އިން މައްޗަށް އަރައިފިއެވެ.

https://wamco.com.mv/

ޣައްޒާ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ބުނެފައިވަނީ، މި އަދަދަކީ، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެގެން ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެންދެވުނު މީހުންގެ އަދަދުތައް ކަމަށެވެ.

އެހެން ނަމަވެސް، އިސްތިއުމާރީ ބާރުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަސްލު އަދަދު އެތައްތަނުން އިތުރުވާނޭ ކަމަށް ބުނެފައި ވެއެވެ.

އިސްރާއީލުން ބޮންއަޅައި އަދި މިސައިލުން ހަމަލާދީ ވައްޓާލާފައިވާ ގެތަކާއި، އިމާރާތްތަކުގެ ދަށުވެ، އެތައްހާސް ބަޔަކު ގެއްލިފައިވާ ކަމަށް އާއިލާތަކުންވަނީ ރިޕޯޓް ކޮށްފައެވެ. ހަމަލާތައް ހުއްޓާނުލާތީ، އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގޭނޭ ގޮތެއްވެސް ނުވެއެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި މަރުވި 46،000 މީހުންގެ ތެރޭގައި ގާތްގަނޑަކަށް ބޮޑު އިންސައްތައަކީ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ކަމަށް ރެކޯޑް ކުރެވިފައިވާއިރު، ވައްޓާލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ ބޮޑު ނިސްބަތަކީވެސް ކުޑަކުދިންނާއި، އަންހެނުންނާއި އަދި އުމުރުން ދުވަސްވީ މީހުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އދގެ ކުޑަކުދިންނާބެހޭ އޭޖެންސީ، ޔުނިސެފުން އިއްޔެ ބުނެފައިވަނީ، މި ހިނގާ 2025 ވަނަ އަހަރު ފެށުނުފަހުން އެކަނިވެސް، ޣައްޒާގެ އެކި ހިސާބުތަކުން 74 ތުއްތު ކުދިންނާއި، ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv