logo

ސިޔާސީ އޮއެވަރުގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ވަނުން ބުއްދިވެރިއެއް ނޫން: މުހުތާޒް

profile

އައިޝަތު އިނާޝާ - 20 ނޮވެމްބަރު 2024 - 19:44

ވަތުބަތާން ޕްރޮގުރާމްގައި ކުރީގެ ޕީޖީ މުހުތާޒު

ވަތުބަތާން ޕްރޮގުރާމްގައި ކުރީގެ ޕީޖީ މުހުތާޒު

ގާނޫނަށް ގެންނަ އިސްލާކާހުތަކަށް ބަދަލުގެންނައިރު ބާ ކައުންސިލްގެ ދައުރެއް އޮތުން ރަނގަޅުކަމަށާއި ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމުގެ ތެރެއަށް ތެރެއަށް ބާ ކައުންސިލުން ވަނުން އެއީ ގަބުލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މުހުތާޒް ވަނީ ބާ ކައުންސިލްގެ މެންބަރުންތަކެއް ކަންބޮޑުވުން ފާޅުކުރާތީ، ބާ ކައުންސިލްގެ ރައުޔެއް ރައްޔިތުންގެ މަޖިލީހަށް ދިނުމަށް މަޖިލީހުގައި އެދި ސްޓޭޓްމެންޓެއް ނެރެފައިވާތީ އެކަމާ ގުޅިގެން މީގެ ކުރިން އެންޓިޑިފްކްޝަން ގާނޫނު އައި އިރު ބާކައުންސިލް ކޮންތާކުތޯ ވީ ސުވާލު ކުރައްވާފައެވެ.

މުހުތާޒް ވިދާޅުވީ ބާ ކައުންސިލްގައި ސަރުކާރުގެ ނުފޫޒު އޮންނާތީ އެ ނުފޫޒު ވަކި ކުރުމަށް ބާ ކައުންސިލުން ބަންޑާރަ ނައިބު ނުހިމެނޭގޮތަށް ބާ ކައުންސިލް އެކުލަވާލާ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ކަމަށެވެ.

އިސްލާހުތަކަށް ބަދަލުގެންނައިރު ބާ ކައުންސިލްގެ ދައުރެއްއޭގައި އޮތުން ރަނގަޅުކަން ފާހަގަކުރައްވާ މުހުތާޒް ވިދާޅުވީ ނަމަވެސް ސިޔާސީ އޮއެވަރުގެ ތެރޭގައި ހިނގާ ކަންކަމުގެ ތެރެއަށް ބާ ކައުންސިލުން ވަނުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މުހުތާޒް ވިދާޅުވީ އެފަދަ އަމަލުތަކުން ލިބިގެންދަނީ އެހެންކަލަ މެސެޖްތަކެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319