
ލ، ގަމުގައި ކަރަންޓު ޖެހި އަނިޔާވި ކުއްޖާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

އާމިނަތު ޝަޒްލާ - 28 މޭ 2026 - 10:48
ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުއްޖާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ 26 ވަނަ ދުވަހުގެ ރޭ 11:00 ޖެހި ފަހުންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައެވެ. އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވުނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުގެ އިމަރޖެންސީގައި ކުއްޖާއަށް ފަރުވާ ދޭން ފެށި ނަމަވެސް، ކަރަންޓުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ބޮޑުވެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން ވަނީ ވެންޓިލޭޓަރަށް ބަދަލުކޮށްފައެވެ.
އަދި ކުއްޖާ ހޮސްޕިޓަލަށް ގެނައުމާއެކު، ލަސްކުރުމެއް ނެތި ފަރުވާގެ ކަންކަން ވަގުތުން ފެށުމަށް ޓަކައި ހޮސްޕިޓަލުގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް ގަމު ހޮސްޕިޓަލުން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
13 މިނިޓު ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)